logo

25 ސެޕްޓެމްބަރ 2023

ށ.އަތޮޅު ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

މިދިޔަ އޮގަސްޓް މަހުގެ 31 އިން ސެޕްޓެންބަރު މަހުގެ 2 އަށް ކުރިޔަށްގެންދެވުނު ށ. އަތޮޅު ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަވަނަ އަށް އައި ފަރާތްތަކަށް އެވޯޑާއި، ފައިސާގެ އިނާމު އަދި ހަނދާނީ ލިއުން ޙަވާލުކޮށްފިއެވެ.

 

އެކަމަށްޓަކައި 2023 ސެޕްޓެންބަރު 23ވަނަ ދުވަހުގެ ހެނދުނު 10:20 ގައި ފުނަދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގައި ބޭއްވުނު ރަސްމިއްޔާތު ކީރިތި ޤުރުއާންގެ މޫރިތި އާޔަތްތަކުން ފަށްޓަވައިދެއްވީ ފޯކައިދޫ ސްކޫލުގެ ދަރިވަރު ޢަބްދުއްނޫރު ބިން މުޙައްމަދެވެ. މަރުޙަބާ އާއި، ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަދެއްކެވީ ށ.އަތޮޅު ކައުންސިލުގެ ރައީސް އަލްފާޟިލް މުޙައްމަދު ޝިޔާމެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ މުހިންމު ކަމާއި، ބޭނުންތެރިކަމާ ގުޅޭގޮތުން ޝަރަފްވެރިމެހުމާނު ވާހަކަފުޅު ދައްކަވާފައިވާއިރު މުބާރާތުގެ ބައިވެރިންގެ ތެރެއިން  މުޙައްމަދު ޝުޖުޢާން ޙަސަން އާއި، މިޝްކާ މުޙައްމަދު ރަޝީދާއި، ޔޫސުފް ބިން އަޙްމަދު މުފީދުގެ ގުރޫޕް ކިޔެވުން ކުރިޔަށްގެންދެވުނެވެ. މި ޖަލްސާ ނިންމުމުގެ ގޮތުން ޤުރުއާން ކިޔެވީ ފޭދޫ ސްކޫލުގެ ދަރިވަރު އީލާފް ބިން ޢަބްދުﷲ ރަޝީދެވެ.

 

މި ރަސްމިއްޔާތުގައި މި މުބާރާތް ރާވައި ހިންގުމުގައި އެހީތެރިވެދެއްވި ށ.ފުނަދޫ ކައުންސިލާއި، ފުނަދޫ ސްކޫލުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ހަނދާނީފިލާ އަދި މުބާރާތުގެ ބައިވެރިވި ދަރިވަރުންނަށް ހަނދާނީ ލިއުން ޙަވާލުކޮށްދެއްވީ އަތޮޅުކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޙަސަނެވެ. ފައުންޑޭޝަން ސްޓޭޖާއި، ކީ ސްޓޭޖު 1، 2، 3، 4، 5 ން ބަލައިގެން ކިޔެވުމުގެ ގޮފިން 3ވަނަ ޙާޞިލުކުރި ދަރިވަރުންނަށް އިނާމުތައް ޙަވާލުކޮށްދެއްވީ ފުނަދޫ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޢަޒުމާ އަޙްމަދެވެ. ފައުންޑޭޝަން ސްޓޭޖާއި، ކީ ސްޓޭޖް 1، 2، 3، 4، 5، ން ހިތުން ކިޔެވުމުގެ ގޮފިން 3ވަނަ ޙާޞިލުކުރި ދަރިވަރުންނަށް އިނާމުތައް ބައްސަވައިދެއްވީ ށ.އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ވަޙީދެވެ. ފައުންޑޭޝަން ސްޓޭޖް، ކީ ސްޓޭޖް 1، 2، 3، 4، 5 ން 2ވަނަ ޙާޞިލުކުރި ދަރިވަރުންނަށް އިނާމާއި، ހަނދާނީ ލިއުން އަތޮޅުކައުންސިލުގެ ނާއިބުރައީސް އަޙްމަދު ރައިސަމް ޙަވާލުކޮށްދެއްވާފައިވާއިރު، 1 ވަނަ ޙާޞިލުކުރި ދަރިވަރުންނަށް އިނާމާއި، ހަނދާނީ ލިއުން ޙަވާލުކޮށްދެއްވީ އަތޮޅުކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމެވެ. މުޅި މުބާރާތުން ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފިން 1ވަނަ 2ވަނަ 3ވަނަ ޙާޞިލުކުރި ދަރިވަރުންނަށް އިނާމާއި، ހަނދާނީ ލިއުން  އަދި  މުޅި މުބާރާތުން 1ވަނަ، 2ވަނަ ، 3ވަނަ ސްކޫލަށް ޓްރޮފީ އާއި، ފައިސާގެ އިނާމު ޙަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ޑޮކްޓަރ މުޙައްމަދު ފައިޞަލްއެވެ.

ށ.އަތޮޅު މަދަރުސާ އާއި، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، ޅައިމަގު، މާއުނގޫދޫ، ފުނަދޫ ސްކޫލާއި، ށ. އަތޮޅު ތަޢުލީމީ މަރުކަޒާއެކު ޖުމުލަ 10 ސްކޫލަކުން ބައިވެރިވެ ވާދަކޮށްފައިވާ މި މުބާރާތުން ކީ ސްޓޭޖް 1 ން ބަލައިގެން ކިޔެވުމުގެ ގޮފިން 1ވަނަ  ށ. މާއުނގޫދޫ ފަރީދީހިޔާ އާމިނަތު ޒުމްރާ ޒާހިރު ޙާޞިލުކޮށްފައިވާއިރު ދެވަނައަށް ށ.ފީވަކު މުސްތަރީގޭ އާޔަން އާދަމް ސަލީމު އަދި 3ވަނަ ށ.ފޯކައިދޫ ހުސްނުހީނާގޭ އުމާމާ ބިންތު މުޙައްމަދު ސިޔާހް އާއި، ށ.ފުނަދޫ ސްކޫލުގެ ދަރިވަރު ކ.ހުރާ ނިޔަނދުރުމާގޭ ޚައިރާ ޙުސައިން ޙާޞިލުކޮށްފައިވެއެވެ. ކީ ސްޓޭޖް 2 ބަލައިގެން ކިޔެވުމުގެ ގޮފިން ށ. ފޭދޫސްކޫލުގެ ދަރިވަރު ބ.ތުޅާދޫ މިރިހިގަސްދޮށުގޭ އީލާފް ބިން ޢަބްދުﷲ ރަޝީދު ހޮވިފައިވާއިރު 3ވަނަ ޙާޞިލުކޮށްފައިވަނީ ށ.ފީވަކު ސްކޫލުގެ ދަރިވަރު ގދ. ގައްދޫ ކަށިމާގެ ފާޠިމަތު ރާޖިޙާ ބިންތި ރަފީޢުއެވެ. ކީ ސްޓޭޖް 3 ބަލައިގެން ކިޔެވުމުގެ ގޮފިން ށ.ފުނަދޫ ސަރިންދާގޭ މިޝްކާ މުޙައްމަދު ރަޝީދު އަދި ދެވަނަ އަށް ފީވަކު ތުނިޔަ ޢާއިޝަތު ސިއާ މުޙައްމަދު ހޮވިފައިވާއިރު ތިންވަނަ ޙާޟިރުކޮށްފައިވަނީ ފޯކައިދޫ ގްރީންލޮޖް އަމީރާ ބިންތު ވަލީދެވެ. ކީ ސްޓޭޖް 4ން ބަލައިގެން ކިޔެވުމުގެ ގޮފިން ށ. ފުނަދޫ މީޒާން މުޙައްމަދު ޝުޖުއާން ޙަސަން  1ވަނަ ޙާޞިލުކޮށްފައިވާއިރު ދެވަނަ ށ.ފޭދޫ އަންނާރުމާގޭ ފާޠިމަތު ލައިޝާ އަދި  3ވަނަ ށ.ފީވަކު ދަނބުރުއްދޮށުގޭ އާމިނަތު އުލްފާ ޢަބްދުއްޝަކޫރު އާއި، ށ.ކަނޑިތީމު ފަރިވާގޭ ފަރުޝާ ޢަބްދުލްޤައްޔޫމު އާއި، ށ. ކޮމަންޑޫ ސަބީނާ ޢާއިޝަތު ޒަހާދާ ޙާޞިލުކޮށްފައިވެއެވެ. ކީ ސްޓޭޖް 5ން 2ވަނަ ށ.ފުނަދޫ ބުރީޒް ތަނާލް އަޙްމަދު ޙާޞިލުކޮށްފައިވާއިރު 3ވަނަ ޙާޟިލުކޮށްފައިވަނީ ފޯކައިދޫ ފަރުމާ ސަމްރާ ބިންތި އަޙްމަދު ބިން އިބްރާހީމެވެ.  ކީ ސްޓޭޖް 1 އިން ނުބަލައި ކިޔެވުމުގެ ގޮފިން 1ވަނަ ށ. މާއުނގޫދޫ ލިލީނައިޓް ނަބްހާން ޙަސަން ޙަބީބު ޙާޞިލުކޮށްފައިވީއިރު 2ވަނަ ޙާޞިލުކޮށްފައިވަނީ ށ.ފޭދޫ ދިލްސާދުގޭ ސާރާ ޙުސައިން ޞަލާޙް އަދި 3ވަނަ ހޯދާފައިވަނީ ގޮއިދޫ ސްކޫލުގެ ދަރިވަރު ށ. ފޭދޫ ޗާނދަނީވިލާ ނައުރާ އިބްރާހީމް ނައުސާދެވެ. ކީ ސްޓޭޖް 2 ން ނުބަލައި ކިޔެވުމުގެ ބައިން ށ.ފުނަދޫ ސްކޫލުގެ ދަރިވަރު މޮޢާޒު އަމްރޯ ޢިމާދު އަޙްމަދު ޢަލީ 2ވަނަ ޙާޞިލުކޮށްފައިވާއިރު 3ވަނަ ޙާޞިލުކޮށްފައި ވަނީ ށ.ފޯކައިދޫ ހުސްނުހީނާގޭ ހިލާލް ބިން ޙަސަން އާއި، ށ.ފޭދޫ ކެނދިފަށުވިގޭ ޢާއިޝަތު ނީމް އަޙްމަދެވެ. ކީ ސްޓޭޖް 3 ނުބަލައި ކިޔެވުމުގެ ގޮފިން ށ.ފޯކައިދޫ ރޯދި ޢާލިމާ ބިންތު މުޙައްމަދު އިކްރާމް  1ވަނަ ޙާޞިލުކޮށްފައިވާއިރު ދެވަނަ ޙާޞިލުކޮށްފައިވަނީ ކަނޑިތީމު މިދިލިމާގޭ ޔޫސުފް ބިން އަޙްމަދު މުފީދު އަދި 3ވަނަ ޙާޞިލުކޮށްފައިވަނީ ށ.ފުނަދޫ ސްކޫލުގެ ދަރިވަރު ޢަބްދުއްރަޙްމާން އަމްރޯ ޢިމާދު އަޙްމަދު ޢަލީއެވެ. ކީ ސްޓޭޖް 4 ން ނުބަލައި ކިޔެވުމުގެ ގޮފިން 3ވަނަ ށ. ފޯކައިދޫ މަރާމް އާޔާ ބިންތު މުޙައްމަދު ޙާޞިލުކޮށްފައިވާއިރު ކީ ސްޓޭޖް 5 އިން 2ވަނަ ޙާޞިލުކޮށްފައިވަނީ ށ. ފޯކައިދޫ ނިޔާމަ ޢަބްދުއްނޫރު ބިން މުޙައްމަދެވެ. މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން ފަޚުރުވެރި 1ވަނަ ޙާޞިލުކޮށްފައިވަނީ ށ. ފުނަދޫ މީޒާން މުޙައްމަދު ސުޖުޢާން ޙަސަނެވެ. ދެވަނަ ށ.ފުނަދޫ ސަރިންދާގޭ މިޝްކާ މުޙައްމަދު ރަޝީދު ޙާޞިލުކޮށްފައިވާއިރު 3ވަނަ ޙާޞިލުކޮށްފައި ވަނީ ށ. މާއުނގޫދޫ ފަރީދީހިޔާ އާމިނަތު ޒުމްރާ ޒާހިރެވެ. މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން ފަޚުރުވެރި 1ވަނަ ޙާޞިލުކޮށްފައި ވަނީ ށ. މާއުނގޫދޫ ލިލީނައިޓް ނަބްހާން ޙަސަން ޙަބީބެވެ. އަދި ދެވަނަ އަށް ށ. ފޯކައިދޫ ރޯދި ޢާލިމާ ބިންތު މުޙައްމަދު އިކްރާމް ހޮވިފައިވާއިރު 3ވަނަ ޙާޞިލުކޮށްފައިވަނީ ށ.ކަނޑިތީމު މިދިލިމާގޭ ޔޫސުފް ބިން އަޙްމަދު މުފީދު އާއި، ށ. ފޭދޫ ދިލްޝާދުގޭ ސާރާ ޙުސައިން ޞަލާޙެވެ. މުޅި މުބާރާތުން ފަޚުރުވެރި އެއްވަނަ ށ.ފޯކައިދޫ ސްކޫލުން ހޯދާފައިވާއިރު 2ވަނަ ޙާޞިލުކޮށްފައިވަނީ ފުނަދޫ ސްކޫލު އަދި 3ވަނަ ޙާޞިލުކޮށްފައިވަނީ ށ. އަތޮޅު މަދަރުސާއެވެ.

 

މި ރަސްމިއްޔާތުގައި ށ.އަތޮޅު ކައުންސިލާއި، ފުނަދޫ ކައުންސިލާއި، ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލާއި،  ފުނަދޫ މެޖިސްޓްރޭޓް ކޯޓާއި، ޕޮލިސް ސްޓޭޝަނާއި، އަތޮޅު ބައެއް ރަށްރަށުގެ ސްކޫލުތަކުގެ އިސްވެރިންނާއި، ފުނަދޫ ސްކޫލުގެ ޓީޗަރުންނާއި، ދަރިވަރުން އަދި ވަނަތައް ޙާޞިލުކުރި ބެލެނިވެރިން ބައިވެރިވެފައިވެއެވެ.