logo

07 ސެޕްޓެމްބަރ 2023

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކޮމްޕިއުޓަރ ދޫކޮށްފި

އަމާންވެއްޓެއް ޤާއިމުކުރުމާއި، އިޖްތިމާޢީ ގޮތުން ދުޅަހެޔޮ  މުޖުތަމަޢުތަކެއް ބިނާކުރުމުގެ ގޮތުން ށ.އަތޮޅުކައުންސިލުގެ 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްރޮގްރާމުގެ ދަށުން މިއަހަރަށް ރޭވިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ހިންގުން ހަރުދަނާކުރުމަށް އެހީތެރިވުމުގެ ގޮތުން 2023 އޯގަސްޓް މަހުގެ ނިޔަލަށް ކޮމްޕިއުޓަރ ސިސްޓަމް ދޫކޮށްފިއެވެ.

 

ދެ އަހަރަށް ބަހާލައިގެން ކުރިޔަށްގެންދެވުނު މި ޕްރޮގްރާމުގެ ދަށުން މިއަހަރު ދޫކުރެވުނު ކޮމެޓީތަކުގެ ތެރޭގައި ކަނޑިތީމު، ފޯކައިދޫ، މަރޮށި، ޅައިމަގު، ކޮމަންޑޫ، ފުނަދޫ، މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ހިމެނެއެވެ.

 

މި ޕްރޮގްރާމުގެ ދަށުން 2022 ވަނަ އަހަރު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހީ، ނަރުދޫ، މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކޮމްޕިއުޓަރ ސިސްޓަމް ދޫކުރެވިފައިވާ ކަމަށް އަތޮޅުކައުންސިލުން މަޢުލޫމާތުދެއްވައެވެ.