logo

03 ސެޕްޓެމްބަރ 2023

ހޭންޑްބޯލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ށ.އަތޮޅުކައުންސިލުން މިއަހަރަށް ތާވަލުކޮށްގެން ކުރިޔަށްގެންދާ ޓޫރިޒަމް 50 މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022 ފުޓްސަލް މުބާރާތުގެ ވަނަތަކަށް އައި ފަރާތްތަކަށް ޓްރޮފީއާއި، ސީލްޑް އަދި ފައިސާގެ އިނާމު ޙަވާލުކޮށްދެއްވައިފިއެވެ.

ޅައިމަގު ދަނޑުގައި އިއްޔެ ހަވީރު ފައިނަލް މެޗަށްފަހު ބޭއްވުނު މިރަސްމިއްޔާތުގައި ޗެމްޕިއަން ޓީމަށް ތައްޓާއި، މެޑަލް އަދި ތިރީސްފަސްހާސްރުފިޔާގެ ޗެކް ޙަވާލުކުރުމާއި، ރަނަސްއަޕްޓީމަށް ތައްޓާއި، ސީލްޑާއި، ފަނަރަހާސްރުފިޔާގެ ޗެކް ޙަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނު ށ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަކީ ފޭދޫ ހޭންޑްބޯލް  ޓީމެވެ. އަދި ރަނަސްއަޕްޓީމަކީ ކަނޑިތީމު ހޭންޑްބޯލް ޓީމެވެ.

ފައިނަލް މެޗުގެ މޮޅުކުޅުންތެރިޔާއާއި، މުބާރާތުގެ  އެންމެ މޮޅު 3 ކުޅުންތެރިންނަށް ޓްރޮފީ ޙަވާލުކޮށްދެއްވީ ށ. އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ފައިނަލްމެޗުގައި ގިނަ ގޯލުތަކެއް ފޭދޫއަށް  ކާމިޔާބު ކޮށްދިން އެ ޓީމުގެ ޖަރޒީ ނަންބަރު 10 ފާޠިމަތު ޝިއާނާއެވެ.  މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ގޮތުގައި ހޮވިފައިވަނީ ފޭދޫ ޓީމުގެ ޖަރޒީ ނަންބަރު 8 ފާޠިމަތު ރިޝްތާ އާއި، މިލަންދޫ ޓީމުގެ ޖަރޒީ ނަންބަރު 99 ޢާއިޝަތު ވަލިއްޔާ އާއި، ކަނޑިތީމު ޓީމުގެ ޖަރޒީ ނަންބަރު 12 އާމިނަތު ނީރާއެވެ. މުޅި މުބާރާތުގެ މޮޅު ކީޕަރަކަށް ހޮވިފައިވަނީ މިލަންދޫ ޓީމުގެ ޖަރޒީ ނަންބަރު 88 މަރްޔަމް ލަމްޔާއެވެ. މުޅި މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔަކަށް އަދި މުޅި މުބާރާތުން އެންމެ މޮޅު ކުޅުންތެރިޔަކަށް  ހޮވިފައިވަނީ ށ. ފޭދޫ ޓީމުގެ ޖަރޒީ ނަންބަރު 10 ފާޠިމަތު ޝިޔާނާއެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާއަށް ރަންބޫޓާއި،  އުއްމީދީ ކުޅުންތެރިޔާ ޓްރޮފީއާއި، ޗެނަލްވަންއިން ހުށަހެޅި އަތުކުރީގަޑި އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ޙަވާލުކޮށްދެއްވީ  މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މައުސޫމެވެ. މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަޤާމަށް ށ. ނޫމަރާ ޓީމުގެ ޖަރޒީނަންބަރު 10 މޫސާ ސަމީން ހޮވިފައިވާއިރު އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފޭދޫ ޓީމުގެ ޖަރޒީ ނަންބަރު 7 އަޙްމަދު ފާއިން މުޙައްމަދު އެވެ. މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނަރުދޫ ޓީމުގެ ޖަރޒީ ނަންބަރު 23  އިސްމާޢީލް ޝާފިޢުއެވެ.