`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
    ކައުންސިލްގެ ޖަލްސާތައް

މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 86 ވަނަ ޢާއްމު ޖަލްސާ ބާއްވައިފި




މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ ޖަލްސާއެއްގެ ތެރެއިން :ފައިލްފޮޓޯ
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 86 ވަނަ ޢާއްމު ޖަލްސާ ބާއްވައިފިއެވެ. މި އޮކްޓޯބަރ މަހުގެ 09 ވަނަ ދުވަހު 10 ޖެހިއިރު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމްގައި ބޭއްވި މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވަނީ އަތޮޅު ފެންވަރުގައި އަތޮޅުގެ ދަރިވަރުންނަށް އިނާމް ދިނުމުގެ ސިޔާސަތުގެދަށުން އިނާމްދިނުމާއިބެހޭގޮތުން މަޝްވަރާކުރުމާއި، އިނާމް ދިނުމަށް ކަނޑައެޅިފައިވާ ބަޖެޓް ރިވައިސްކުރުމުގެ މައްސަލައެވެ. މި މައްސަލާގައި މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި މެމްބަރުން ދެއްކެވި ވާހަކަފުޅުގައި ކައުންސިލަށް ލިބޭ އާމްދަނީއަށް ބަލައި މިރަސްމިއްޔާތަށް ޚަރަދުކުރުމަށް މިހާރު ހުށަހަޅުއްވާފައިވާ ރިވިއު ބަޖެޓަކީ ވަރަށް ބޮޑު ބަޖެޓެއްކަން ފާހަގަ ކުރެއްވިއެވެ. އަދި މިފަދަ ބޮޑު ޚަރަދެއް ކުރާ އިރު މި ޚަރަދުކުރެވެނީ އެންމެ ރަނގަޅަށްތޯ ބަލަންޖެހޭނަކަންވެސް މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި އަލަށް ރިވައިޒުކޮށް ހުށަހެޅި ބަޖެޓްގައި ކުޑަކުރެވިދާނެ ބައެއް ޚަރަދުތައް ހުރިކަންވެސް ޖަލްސާގެ ބައިވެރިން ފާހަގަ ކުރައްވާފައިވެއެވެ. ޖަލްސާގައި ކުރެވުނު މަޝްވަރާތަކަށްފަހު ރިވައިޒުކޮށް ހުށަހެޅިފައިވާ ބަޖެޓް ފާސްކޮށްފައިވަނީ ކަންކަމަށް މިހާރު ބަޖެޓްގައި ކަނޑައެޅިފައިވާ ޚަރަދުތަކުގެ ތެރެއިން ކުޑަކޮށްކުރެވެން ހުރި ޚަރަދުތައް ވީހާވެސް ކުޑަކޮށްކުރުމަށެވެ. އަތޮޅު ފެންވަރުގައި އަތޮޅުގެ ދަރިވަރުންނަށް އިނާމް ދިނުމުގެ ސިޔާސަތުގެދަށުން ދެވޭ އިނާމަކީ އަތޮޅުގެ ދަރިވަރުންގެ ތެރެއިން ފާހަގަކޮށްލެވޭ ވަނަތައް ޙާޞިލުކުރާ ދަރިވަރުންނަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އަތޮޅުކަސިލުން ދިނުމަށް ނިންމާފައިވާ އިނާމެކެވެ.