`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
    ކައުންސިލްގެ ޖަލްސާތައް

މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 80 ވަނަ ޢާއްމު ޖަލްސާ ބާއްވައިފި




މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 80 ވަނަ ޢާއްމު ޖަލްސާގެ ތެރެއިން
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 80 ވަނަ ޢާއްމު ޖަލްސާ ބާއްވައިފިއެވެ. މި އޯގަސްޓް މަހުގެ 28 ވަނަ ދުވަހު 10 ޖެހިއިރު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމްގައި ބޭއްވި މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވަނީ ކައުންސިލްގެ ރެވެނިއު 1 އެކައުންޓު އޮޕަރޭޓްކުރުމަށް އިތުރު ކައުންސިލަރުން ހަމަޖެއްސުމާއިބެހޭގޮތުން ގޮތެއް ނިންމުމުގެ މައްސަލައެވެ. މިމައްސަލާގައި މަޝްވަރާކުރުމަށްފަހު މިއަދުގެ ޖަލްސާގައިވެސް ނިންމާފައިވަނީ މި މައްސަލައަކީ ސީދާ ކައުންސިލަރުންނާއި ގުޅުންހުރި މައްސަލައަކަށްވާތީއާއި، މިކަމާއި ސީދާގުޅުންހުރި ބައެއް ބޭފުޅުން މިއަދުގެ ޖަލްސާގައިވެސް ބައިވެރިވެ ވަޑައިގެން ނެތުމާއެކު ފުރިހަމަ ކޯރަމެއް އޮންނަ ޖަލްސާއެއްގައި މިމައްސަލައިގައި ގޮތެއް ނިންމުމަށެވެ. މި މައްސަލައަކީ ކައުންސިލްގެ 79ވަނަ ޖަލްސާއަށްވެސް އެޖެންޑާކުރެވި މަޝްވަރާކުރުމަށްފަހު އެ ޖަލްސާއަކީ މެމްބަރުންގެ ޢަދަދު މަދު ޖަލްސާއަކަށްވުމާއެކު ފަސްކުރެވިފައިވާ މައްސަލައެކެވެ.