`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
    ކައުންސިލްގެ ޖަލްސާތައް

މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 79 ވަނަ ޢާއްމު ޖަލްސާ ބާއްވައިފި




ކައުންސިލްގެ މެމްބަރުން ޖަލްސާއެއްގައި - ފައިލްފޮޓޯ
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 79 ވަނަ ޢާއްމު ޖަލްސާ ބާއްވައިފިއެވެ. މި އޯގަސްޓް މަހުގެ 14 ވަނަ ދުވަހު 10 ޖެހިއިރު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމްގައި ބޭއްވި މި ޖަލްސާއަށް ދެ މައްސަލައެއް އެޖެންޑާ ކުރެވިފައިވެއެވެ. މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވަނީ ރިވިއު ކުރެވުނު ތަރައްޤީގެ ޕްލޭނާއި ފައިނޭންސިއަލް ޕްލޭނާއި ބަޖެޓާއި ބެހޭގޮތުން މަޝްވަރާކުރުމާއި، ކައުންސިލްގެ ރެވެނިއު 1 އެކައުންޓު އޮޕަރޭޓްކުރުމަށް އިތުރު ކައުންސިލަރުން ހަމަޖެއްސުމާއިބެހޭގޮތުން ގޮތެއް ނިންމުމުގެ މައްސަލައެވެ. ޖަލްސާގައި ފުރަތަމަ ކުރިއަށް ގެންދެވިފައިވަނީ ރިވިއު ކުރެވުނު ތަރައްޤީގެ ޕްލޭނާއި ފައިނޭންސިއަލް ޕްލޭން އަދި ބަޖެޓާއިބެހޭގޮތުން މަޝްވަރާކުރުމުގެ މައްސަލައެވެ. މި މައްސަލާއިގެ މަޝްވަރާތަކަށް ފުރުޞަތު ހުޅުވާލުމުން ތަފާތު ހުށަހެޅުންތައް މެމްބަރުންގެ ފަރާތުން ހުށަހެޅުނެވެ. އަދި ތަރައްޤީގެ ޕްލޭނާއި، ފައިނޭސިއަލް ޕްލޭން އަދި ބަޖެޓާއިބެހޭގޮތުން ތަފާތު ސުވާލުތައް ހުށަހެޅުނެވެ. އަދި ހުށަހެޅުނު ސުވާލުކަށް ކަމާއިބެހޭ އިދާރީ މުވައްޒަފުން ޖަވާބުދާރިވުމުގެ ފުރުޞަތު ދެވުނެވެ. ހުށަހެޅުނު އިޞްލާޙްތައް ގެނައުމަށާއި، ކައުންސިލްގެ މެމްބަރުންގެ ހުށަހެޅުއްވުމުގެ މަތިން ޖަލްސާ މެދު ކަނޑާލުމަށްފަހު ވޯކިން ސެޝަނެއް ކުރިއަށް ގެންދެވުނެވެ. އަދި ވޯކިން ސެޝަނުން ހުށަހެޅު އިޞްލާޙްތައް ގެނައުމަށްފަހު ތަރައްޤީގެ ޕްލޭނާއި ފައިނޭންސިއަލް ޕްލޭން އަދި ބަޖެޓްވަނީ މި ޖަލްސާގައި ފާސްކުރައްވާފައެވެ. ޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ދެވަނަ މައްސަލާގައި މަޝްވަރާކުރުމަށްފަހު ނިންމަވާފައިވަނީ މި ޖަލްސާއަކީ މެމްބަރުންގެ ޢަދަދު މަދު ޖަލްސާއަކަށްވުމާއެކު މިކަމަކީ ގިނަ މެމްބަރުން ތަކަކާއި ގުޅުން ހުރި މައްސަލައަކަށްވާތީ، އެ މެމްބަރުންނާއިއެކު މިމައްސަލަ ކުރިއަށް ގެންދިއުމަށް ފަހުގެ ޖަލްސާއަކަށް އެޖެންޑާ ކުރުމަށެވެ.