`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
    ކައުންސިލްގެ ޖަލްސާތައް

މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 73 ވަނަ ޢާއްމު ޖަލްސާ ބާއްވައިފި




ކައުންސިލްގެ ފުރަތަމަ ޖަލްސާގެ ތެރެއިން
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 73 ވަނަ ޢާއްމު ޖަލްސާ ބާއްވައިފިއެވެ. މި ޖުލައި މަހުގެ 03 ވަނަ ދުވަހު 10 ޖެހިއިރު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމްގައި ބޭއްވި މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވަނީ ކައުންސިލްގެ ސިއްކަ ރަޖިސްޓްރީކޮށް ބޭނުންކުރުމާއިބެހޭގޮތުން މަޝްވަރާކުރުމުގެ މައްސަލައެެވެ. މިމައްސަލާގައި ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި ބައްލަވާލައްވާފައިވަނީ ސިއްކަ ފަރުމާކުރުމުގައި ލާމަރުކަޒީ ނިޒާމް ދޭހަވާގޮތަކަށް ސިއްކަ ފަރުމާ ކުރުމުގެ މުހިއްމުކަމުގެ މައްޗަށާއި، މިފަދަ ލޯގޯއެއް ތައްޔާރުކޮށް ބޭނުންކުރުމުގައި ވީހާވެސް އޮޅުން ކުޑަގޮތަކަށް ފަރުމާކުރުމުގެ މުހިއްމުކަމުގެ މައްޗަށާއި، ޤައުމީ ނަޒަރަކުން ވިސްނާ ސިއްކަ ފަރުމާކުރުމުގެ މައްޗަށެވެ. ކައުންސިލްގެ ސިއްކައާއިބެހޭގޮތުން 15 މެއި 2012ގައި ބޭއްވި ކައުންސިލްގެ 14ވަަނަ ޢާއްމު ޖަލްސާގައިވެސް ވަނީ މަޝްވަރާކޮށްފައެވެ. އަދި އެ ޖަލްސާގައި ކައުންސިލްގެ ސިއްކަ ފަރުމާކުރުމުގައި ވީވަރަކުން ފުޅާ ދާއިރާއެއްގައި ޚިޔާލާއި މަޝްވަރާ ހޯދައިގެން، އަތޮޅުކައުންިސލްގެ އިދާރާގެ މުވައްޒަފުންގެ އެހީތެރިކަމާއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާގޮތުގެމަތިން ސިއްކަ ފަރުމާކޮށް އަވަސް ފުރުޞަތެއްގެ ތެރޭގައި ސިއްކަ ރަޖިސްޓްރީކުރުމަށްވެސްވަނީ ފާސްކުރައްވާފައެވެ.