`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
    ކައުންސިލްގެ ޖަލްސާތައް

މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 67 ވަނަ ޢާއްމު ޖަލްސާ ބާއްވައިފި




މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ ޖަލްސާގެތެރެއިން
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 67 ވަނަ ޢާއްމު ޖަލްސާ ބާއްވައިފިއެވެ. މި މެއި މަހުގެ 22 ވަނަ ދުވަހު 10 ޖެހިއިރު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމްގައި ބޭއްވި މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވަނީ ލުއިލޯނު ސްކީމްގެ ދަށުން އަލަށް ލޯނު ދޫކުރަން ފެށުމާއިބެހޭގޮތުން މަޝްވަރާކުރުމާއި، ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާއިބެހޭގޮތުން މަޝްވަރާކުރުމެވެ. އަދި މީގެ އިތުރުން އަވަސް މައްސަލައެއްގެގޮތުގައި ކައުންސިލް އިދާރާއިން ހުށަހަޅުއްވާފައިވާ ކައުންސިލް އިދާރާގެ އޮނިގަނޑުގައިވާ ސިވިލްސާރވިސް މަޤާމްތަކަށް މީހުން ލެއްވުމާއިބެހޭ މައްސަލައެއް ޖަލްސާއަށް ހުށަހަޅުއްވާ އެޖެންޑާއަށް އިތުރުކުރުމަށް ފާސްކުރެއްވުމަށްފަހު އިތުރުކުރައްވާފައިވެއެވެ. ފުރަތަމަ ކުރިއަށް ގެންދެވުނީ ކައުންސިލްގެ 62 އާއި 65 އަދި 66 ވަނަ ޢާއްމު ޖަލްސާއަށް ހުށަހެޅި މެމްބަރުންގެ އިސްލާޙްތައް ހުށަހަޅުއްވާފައިވާ ލުއިލޯނު ސްކީމްގެ ދަށުން އަލަށް ލޯނު ދޫކުރަން ފެށުމާއިބެހޭގޮތުން ތައްޔާރުކުރެވިފައިވާ ލިއުންތަކާއިބެހޭގޮތުން މަޝްވަރާކުރުމެވެ. މިލިއުންތަކަށް ހުށަހެޅިފައިވާ އިޞްލާޙްތައް ގެނެވިފައިވުމާއެކު މިޖަލްސާއިން މިލިއުންތައްވަނީ ފާސްކުރައްވާފައެވެ. މިގޮތުން ފާސްކުރައްވާފައިވަނީ ލުއިލޯނު ޕްރޮގްރާމް އެކުލަވާލުމުގެ ސިޔާސަތާއި، ހިންގާ ޤަވާޢިދާއި، އެއްބަސްވުމެވެ. ދެން ކުރިއަށް ގެންދެވުނީ ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާއިބެހޭގޮތުން މަޝްވަރާކުރުމެވެ. މިމައްސަލާގައި ދެކެވުނު ވާހަކަތަކުގައި ކައުންސިލުން ހިންގާ ވިޔަފާރިތައް އަތޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް ފައިދާހުރި ގޮތަކަށް ކުރިއަށް ގެންދިއުމުގެ މައްޗަށް ވާހަކަ ދެކެވުނެވެ. އަދި ކައުންސިލްގެ ނައިބުރައީސް އަލްޟިލް މުޙައްމަދު ޢާރިފު ހުށަހަޅުއްވާފައިވާ ކަރުދާހުގައިވާ ބައިތައްވަކިވަކިން މަލްޓިމީޓިޑިޔާ މެދުވެރިކޮށްދައްކާ މަޝްވަރާކުރައްވާފައިވެއެވެ. ކައުންސިލް އިދާރާއިން ހުށަހަޅުއްވާފައިވާ ކައުންސިލް އިދާރާގެ އޮނިގަނޑުގައިވާ ސިވިލްސާރވިސް މަޤާމްތަކަށް މީހުން ލެއްވުމާއިބެހޭ ގޮތުން ހުށަހެޅުއްވި މައްސަލާގައި މަޝްވަރާކުރެއްވުމަށްފަހު، ސިވިލްސާރވިސްއިން ކައުންސިލްގެ އޮނިގަނޑުގައި ހިމަނުއްވާފައިވާ މަޤާމްތަކުގެ ތެރެއިން ތިން އެސިސްޓެންޓް ޑިރެކްޓަރުންގެ މަޤާމްގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ކައުންސިލަށް މިއަހަރު ހަމަޖައްސަވައި ދެއްވި ބަޖެޓްގައި ހިމެނިފައިވާތީ، އެމަޤާމްތަކަށް މުވައްޒަފުން ހަމަޖައްސަވައި ދެއްވުން އެދި ސިވިލްސާރވިސްގައި ދެންނެވުމަށް ނިންމާފައިވެއެވެ.