`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
    ކައުންސިލްގެ ޖަލްސާތައް

މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 66 ވަނަ ޢާއްމު ޖަލްސާ ބާއްވައިފިއެވެ.




މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 66 ވަނަ ޢާއްމު ޖަލްސާ
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 66 ވަނަ ޢާއްމު ޖަލްސާ ބާއްވައިފިއެވެ. މި މެއި މަހުގެ 15 ވަނަ ދުވަހު 10 ޖެހިއިރު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމްގައި ބޭއްވި މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވަނީ ލުއިލޯނު ސްކީމްގެ ދަށުން އަލަށް ލޯނު ދޫކުރަން ފެށުމާއިބެހޭގޮތުން މަޝްވަރާކުރުމާއި، ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާއިބެހޭގޮތުން މަޝްވަރާކުރުމެވެ. ފުރަތަމަ ކުރިއަށް ގެންދެވުނީ ކައުންސިލްގެ 62ވަނަ ޢާއްމު ޖަލްސާއަށް ހުށަހެޅި މެމްބަރުންގެ އިސްލާޙްތައް ހުށަހަޅުއްވާފައިވާ ލުއިލޯނު ސްކީމްގެ ދަށުން އަލަށް ލޯނު ދޫކުރަން ފެށުމާއިބެހޭގޮތުން ތައްޔާރުކުރެވިފައިވާ ލިއުންތަކާއިބެހޭގޮތުން މަޝްވަރާކުރުމެވެ. މި ޖަލްސާގައި ކުރިން މިލިއުންތަކަށް ކައުންސިލްގެ މެމްބަރުން ހުށަހަޅުއްވާފައިވާ އިޞްލާޙްތައް ގެނެސް މަލްޓިމީޑިޔާރ މެދުވެރިކޮށް އެކިމާއްދާ ވަކިވަކިން ޖަލްސާއަށް ހުށަހަޅާ މަޝްވަރާކުރެވިފައިވެއެވެ. ނަމަވެސް އަދިވެސް ލިއުންތައް ފުރިހަމަކުރުމަށާއި، އިތުރަށް ފުރިހަމަކުރުމުގެ ގޮތުން މި ޖަލްސާއިން މިލިއުންތައް ފާސްކުރައްވާފައެއް ނުވެއެވެ. މި މައްސަލަ ކައުންސިލްގެ 65ވަނަ ޖަލްސާއަށްވެސް ވަނީ ހުށަހެޅިފައެވެ. އަދި ވޯކިން ޝެޝަންތަކަކަށްގޮސް މި ލިއުންތައް ފުރިހަމަކުރުމަށް އެޖަލްސާއިން ނިންމާ ހުސްވި ހަފްތާގެ ތެރޭގައި ކައުންސިލުން މަސައްކަތު ސެޝަންތަކެއް ނަގާ މިލިއުންތަކާއިބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. ޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާއިބެހޭގޮތުން މަޝްވަރާކުރުން މި ޖަލްސާގައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. މި މައްސަލައަށް މަޝްވަރާކުރެވިފައިނުވަނީ މިކަމާއިބެހޭ ލިއުންތައް ހުށަހެޅުއްވި ކައުންސިލްގެ ނައިބުރައީސް އަލްޟިލް މުޙައްމަދު ޢާރިފު މިވަގުތު އަތޮޅުގައި ނެތުމާއެކުގައެވެ. މީގެ ކުރިން މި މައްސަލާގައި ކައުންސިލްގެ 64ވަނަ ޖަލްސާގައި މަޝްވަރާކުރައްވާފައިވެއެވެ.