`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
    ޚަބަރު

2017ވަނަ އަހަރަށް ބިޑްކޮމިޓީ އިފްތިތާޙްކޮށްފި
ށ.އަތޮޅުކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމިޓީ 2017ވަނަ އަހަރަށް އަލުން އެކުލަވާލައި މިއަދު އިފްތިތާޙްކޮށްފިއެވެ.

މިއަދު 11:30ގައި ބޭއްވުނު އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ކޮމިޓީ އިފްތިތާޙްކޮށްދެއްވީ ށ.އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފް އެވެ.

މި ކޮމިޓީގެ ޗެއަރޕާސަން އަކަށް ށ.އަތޮޅު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޙަސަން ހޮވިފައިވާއިރު ވައިސް ޗެއަރޕާސަން އަކަށް ހޮވިފައިވަނީ އެސިސްޓެންޓް ޑިރެކްޓަރ ޢަޒީމާ ޢަލީއެވެ. މި ކޮމިޓީގައި ށ.އަތޮޅުކައުންސިލްގެ އިދާރީ 4 މުވައްޒަފުންގެ އިތުރުން ނައިބުރައީސް އިބްރާހީމް ރަޝީދު އިދްރީސް ހިމެނިވަޑައިގެންފައިވާއިރު، އެހެން މުއައްސަސާތަކުން 2 މުވައްޒަފުން އައްޔަންކުރެވިފައިވެއެވެ.

ދައުލަތުގެ މާލިއްޔަތު ޤަވާއިދުބުނާ ގޮތުން 31 މާޗް 2017 ގެ ކުރިން ސަރުކާރުގެ ކޮންމެ އިދާރާއަކުންވެސް މިއަހަރަށް ބިޑްކޮމިޓީ އެކުލަވާލަން ޖެހެއެވެ.