`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
    ޚަބަރު

އަތޮޅުގޭ މަރާމާތުކުރުމުގެ މަސައްކަތް ޙަވާލުކޮށްފި
އަތޮޅުގޭ މަރާމާތުކުރުމުގެ މަސައްކަތުގެ އެގްރިމެންޓުގައި ސޮއިކުރުން- ފައިލްފޮޓޯ

ށ.އަތޮޅުގޭ މަރާމާތުކުރުމުގެ މަސައްކަތް ވިލެޖް އިންވެސްޓްމަންޓާ މިއަދު ޙަވާލުކޮށްފިއެވެ.

މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު މެންދުރުފަހު 13:15 ށ.އަތޮޅުކައުންސިލް އިދާރާގައި ބޭއްވުނު ރަސްމިއްޔާތުގައި ށ.އަތޮޅު ކައުންސިލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ށ.އަތޮޅުކައުންސިލްގެ ނާއިބުރައީސް އިބްރާހީމް ރަޝީދު އިދްރީސް އެވެ. ވިލެޖް އިންވެސްޓްމަންޓުގެ ފަރާތުން ސޮއިކުރެއްވީ އިބްރާހީމް ސައިފް އެވެ.

އަތޮޅުގޭގެ ގިނަ މަރާމާތުތަކެއް ކުރުމަށް ވިލެޖް އިންވެސްޓްމަންޓާ ޙަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ 1,229,000/- ރ. (ބާރަލައްކަ ނަވާވީސްހާސް ރުފިޔާ) އެވެ. އަދި މަސައްކަތް ޙަވާލުކުރެވިފައިވަނީ 45 ދުވަހުގެ މުއްދަތުގައި ނިންމާގޮތަށެވެ.