`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
    ޚަބަރު

ޓްރެކް ސަރަހައްދުގެ އިންފާރުގެ މަސައްކަތް ޙަވާލުކޮށްފި




ވަށާފާރުގެ މަސައްކަތް ޙަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން- ފައިލް ފޮޓޯ

އޭޒޯން ލައިސަންސް ދޫކުރުމަށްޓަކައި ދުއްވުމުގެ ޓެސްޓް ދިނުމަށް ށ.އަތޮޅުކައުންސިލުން ފުނަދޫގައި ތަރައްޤީކުރާ ޓްރެކް ސަރަހައްދުގެ އިންފާރު ރޭނުމުގެ މަސައްކަތް ވިލެޖް އިންވެސްޓްމަންޓާ 2016 ޑިސެމްބަރ 26ގައި ޙަވާލުކޮށްފިއެވެ.

އަމިއްލަ ތަކެތީގައި ކުރާގޮތަށް ވިލެޖް އިންވެސްޓްމަންޓާ ޙަވާލުކުރެވުނު މި މަސައްކަތުގެ ޖުމްލަ އަގަކީ އެއްލައްކަ ފަސްދޮސް ނުވަހާސް ރުފިޔާއެވެ. މި މަސައްކަތް ހަވާލުކުރެވިފައިވަނީ 25 ދުވަހުގެ ތެރޭގައި ނިންމާގޮތަކަށެވެ.

މި ކަމަށްޓަކައި އިއްޔެ ހެނދުނު ބޭއްވުނު ރަސްމިއްޔާތުގައި ށ.އަތޮޅުކައުންސިލްގެ ފަރާތުން އެގްރިމެންޓުގައި ސޮއިކުރެއްވީ ކައުންސިލަރ އަލްފާޟިލް ޢަބްދުﷲ ޢާތިފްއެވެ. ވިލެޖް އިންވެސްޓްމަންޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ށ.ފުނަދޫ ނިވައިދޮށުގޭ އިބްރާހީމް ސައިފްއެވެ.

އެކި ފަރާތްތަކާ ޙަވާލުކޮށްގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މިމަސައްކަތުގެ ތެރެއިން އެތެރޭގެ މަސައްކަތްތައް ކުރުމަށް 2016 ޑިސެމްބަރ 25 ގައި އާމަލަ ކޮންސްޓްރަކްޝަން އާ ވަނީ ޙަވާލުކުރެވިފައެވެ.

ށ.އަތޮޅުކައުންސިލުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ސަރަހައްދު ތަރައްޤީކުރެވިގެންދާއިރު ވެހިކަލް ޓެސްޓް ހެދުމުގެ އިތުރުން ޖޮގިންކުރުމާއި، ސްޓޭކްބޯޓް ދުއްވޭގޮތަށް ހެދިގެންދާއިރު ޕާކެއްގެ ގޮތުގައި ތަރައްޤީވެގެންދާނެއެވެ.