`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
    ޚަބަރު

އޮސްޓްރޭލިޔާގެ ސްކޫލު ދަރިވަރުންތަކެއް ޒިޔާރަތްކޮށްފި
އޮސްޓްރޭލިޔާގެ ސްކޫލު ދަރިވަރުންކުރި ޒިޔާރަތުގެ ތެރެއިން- ފައިލްފޮޓޯ

އޮސްޓްރޭލިޔާގެ ދަރިވަރުން މިއަދު 10:45 ގައި ށ.އަތޮޅުކައުންސިލަށް ޒިޔާރަތްކޮށްފިއެވެ.

މި ޓީމަށް މަރުޙަބާކިއުމުގެ ގޮތުން ށ.އަތޮޅުކައުންސިލުން ވަނީ ކޮންމެ ދަރިވަރަކަށާއި، ޓީޗަރަކަށް މާބޮޑިއެއް އަރުވާފައެވެ.

ޓީމުގެ މި ޒިޔާރަތުގައި ށ.އަތޮޅުކައުންސިލް އިދާރާއާއި، ކައުންސިލްގެ ވިޔަފާރިތަކާ ބެހޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ހިއްސާކޮށް ދަރިވަރުން އިތުރަށް ބޭނުންވި ކަންތައްތައް އޮޅުންފިލުއްވައިދެއްވައި ކައުންސިލްގެ އިމާރާތްތައް ދައްކާލައި އެތަންތަނުގެ މަޢުލޫމާތު ދެވިފައިވެއެވެ.

މިޓީމުގައި އޮސްޓްރޭލިޔާގެ 19 ދަރިވަރުންނާއި، 3 ޓީޗަރުންގެ އިތުރުން ފުނަދޫ ސްކޫލުގެ ޓީޗަރުންވެސް ހިމެނެއެވެ.