`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
    ޚަބަރު

ށ.އަތޮޅު ރަށުކައުންސިލްތައް މޮނިޓަރކުރަން ފަށައިފި
ފޭދޫ ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން- ފައިލްފޮޓޯ

ށ.އަތޮޅުގެ ރަށުކައުންސިލްތަކުގެ އިދާރީ މަސައްކަތްތައް ކުރިޔަށްދާގޮތް ބެލުމަށްޓަކައި މި އަހަރު ބަޖެޓްކޮށްފައިވާ ރަށުކައުންސިލްތައް މޮނިޓަރކުރުމުގެ ޕްރޮގްރާމު 2016 ޑިސެމްބަރ 14ވަނަ ދުވަހު ފެށިއްޖެއެވެ.

ދެ ޓީމަކަށް ބަހާލައިގެން ކުރިޔަށްގެންދާ މިދަތުރުގައި އިއްޔެ މޮނިޓަރކުރެވިފައިވަނީ ށ.ކަނޑިތީމު، ގޮއިދޫ، ފޭދޫ، ބިލެތްފަހީ ކައުންސިލްގެ އިދާރާއެވެ. މިއަދު ފުނަދޫ، ޅައިމަގު، މާއުނގޫދޫ ކައުންސިލް އިދާރާގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވާއިރު، 2016 ޑިސެމްބަރ 17ވަނަ ދުވަހު ނޫމަރާ، ފީވައް، މިލަންދޫ، ނަރުދޫ ކައުންސިލް އިދާރާ މޮނިޓަރކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ. އަދި 2016 ޑިސެމްބަރު 18ވަނަ ދުވަހު ކޮމަންޑޫ، ފޯކައިދޫ، މަރޮށީ ކައުންސިލްއިދާރާގައި މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޝެޑިއުލް އާ އެއްގޮތަށް ކުރިއަށްދާނަމަ މި މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް މޮނިޓަރކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކޮންމެ އަހަރަކު އެއްފަހަރު ކުރިޔަށްގެންދެވޭ މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނުނު ނަންބަރު 2010/7 ގެ 8ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ރަށުކައުންސިލް އިދާރާތަކުގެ ފައިސާއާ ބެހޭ މުއާމަލާތްތަކާއި، އިދާރީ ލިޔެކިއުންތައް ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ރަށުކައުންސިލްތަކުގެ ހިންގާ ޤަވާޢިދާ އެއްގޮތަށް ކުރިޔަށް ދޭތޯ ބެލުމަށާއި، އިދާރީ ކަންކަން ހަރުދަނާކޮށް ހިންގުމަށް ބާރުއެޅުމުގެ ގޮތުން ކުރިޔަށްގެންދެވޭ ޕްރާމެކެވެ.

މި ޓީމުތަކުގެ ދަތުރުތަކުގައި އިދާރީ 8 މުވައްޒަފުންނާއެކު އަތޮޅުކައުންސިލް މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.