`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
    ޚަބަރު

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ފުނަދުއަށް ވަޑައިގެންފި




ޖެންޑަރ މިނިސްޓަރ އަށް މަރުޙަބާ ދެންނެވުމުގެ ތެރެއިން- ފައިލްފޮޓޯ

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ މިއަދު 16:50 ގައި ފުނަދުއަށް ވަޑައިގެންފިއެވެ.

އެކަމަނާގެ މި ދަތުރުފުޅަކީ ށ.އަތޮޅު އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މިރޭ 20:45ގައި ފުނަދޫ ސްކޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ރަސްމިއްޔާތުގެ ޙާޟިރީންގެ ޝަރަފުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖާފަތުގައިވެސް އެކަމަނާ ބައިވެރިވެވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތު މިރޭ 20:45 ގައި ޕީ.އެސް.އެމް.އިން ލައިވްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.