`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
    ޚަބަރު

ނަޞްރުގެ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ށ.އަތޮޅުކައުންސިލް އިދާރާގައި ބާއްވައިފި.
ނަޞްރުގެ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ މުޙައްމަދު ޙަސަން

ދިވެހިރާއްޖޭގެ ނަޞްރުގެ މުނާސަބަތާގުޅުވައިގެން މިލަދުންމަޑުލުއުތުރުބުރީ އަތޮޅުކައުންސިލް އިދާރާގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ރޭ 12:00 ގައި ށ.އަތޮޅުކައުންސިލް އިދާރާގެ ގޯތިތެރޭގައި ބޭއްވުނު މިރަސްމިއްޔާތު، ޤުރުއާންގެ ބަރަކާތުން ފަށްޓަވައިދެއްވީ އަލްޙާފިޡު އިބްރާހީމް ރަމްޒީއެވެ. ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނު ށ.އަތޮޅުކައުންސިލްގެ ނާއިބުރައީސް އިބްރާހީމް ރަޝީދު އިދްރީސް އެވެ. ދިދަ ނަންގަވައިދެއްވުމާއެކު ޤައުމީ ސަލާމް އެންމެންގެ ބައިވެރިވުމާއެކު ކުރިޔަށްގެންދެވިފައިވެއެވެ.

މިރަސްމިއްޔާތުގައި ފުނަދޫގައި ހުރި ސަރުކާރު މުއްސަސާތަކުގެ އިސްވެރިންނާއި، މުވައްޒަފުން ބައިވެރިވެފައިވެއެވެ.