`
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ފުނަދޫ ، ދިވެހިރާއްޖެ
   ކޮމްޕިއުޓަރ ސްކީމް
ތަޢާރަފު

ކޮމްޕިއުޓަރ ސްކީމަކީ، އަތޮޅުގެ ކިޔަވާކުދިންނާއި އެހެނިހެން ފަރާތްތައް ޒަމާނީ ޓެކްނޮލަޖީއަށް އަހުލުވެރިކުރުވުމަށްޓަކައި އަތޮޅު ރައްޔިތުންގެ ބަޖެޓުން 1000000.00ރުފިޔާ (އެއްމިލިޔަން ރުފިޔާ) ކަނޑައަޅައިގެން 2007ވަނަ އަހަރުގެ ފަހުކޮޅުގައި އެކުލަވާލާފައިވާ ސްކީމެކެވެ. މި ސްކީމުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން އަތޮޅުގެ ހުރިހާ ރަށަކަށް ޑެސްކްޓޮޕް ކޮމްޕިއުޓަރާއި، ލެޕްޓޮޕް ގިނަ ފަރާތްތަކަކަށް ފޯރުކޮށްދެވިފައިވެއެވެ. މި ސްކީމުން ކޮމްޕިއުޓަރ ފޯރުކޮށްދެވިފައިވަނީ %10ގެ އިންޓަރެސްޓަކާއެކު އަނބުރާ ދައްކާގޮތަށެވެ. މިގޮތުން ކައުންސިލުން އަތޮޅު ހިންގުމާއި ޙަވާލުވިއިރު މިސްކީމުން ދޫކުރެވިފައިވާ ކޮމްޕިއުޓަރުތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާގެ ތެރެއިން 1018491.51ރ (އެއްމިލިޔަން އަށާރަހާސް ހަތަރުސަތޭކަ ނުވަދިހަ އެއްރުފިޔާ/ ފަންސާސް އެއްލާރި) ލިބިފައިވެއެވެ. އަދި ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މިސްކީމަށް އަނބުރާ ހޯދަންޖެހޭ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާކަން ފާހަގަކުރެވެއެވެ. އަދި ގިނަ ޢަދަދެއްގެ ފައިސާ މިހާތަނަށް އައި އިރު އަނބުރާ ނުހޯދިވާކަންވެސް ފާހަގަކުރެވެއެވެ.

މިހާރު ކުރަމުންދާ މަސައްކަތް


މި ސްކީމުގެދަށުން ކޮމްޕިއުޓަރ ދޫކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ފައިސާދައްކާ ނިމިފައިނުވާ ފަރާތްތައް ބަލައި، ފައިސާ ހޯދުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ. އަދި މިފަދަ އިތުރު ސްކީމްތައް ހިންގުމަކީ ރައްޔިތުންނަށް ބޭނުންތެރި މަންފާކުރާނެ ކަމެއްތޯ ބެލުމުގެ މަސައްކަތްވެސް އަތޮޅުކައުންސިލުންދަނީ ކުރަމުންނެވެ.